ޝާހުރުކު ހާނާއި އޭނާގެ ވާހަކައަކީ ބޮލީވުޑުގެ ދަތުރުގައި މިހާ ހިސާބަށް އެންމެ ކާމިޔާބު ވާހަކަތައް ކަމަށް ކަންގަނާ ރަނީއަތު ބުނެފި އެވެ. ކަންގަނާ މިހެން ބުނެފައި ވަނީ އޭނާގެ އަލަތު ފިލްމު، ގޭންގްސްޓާ ރިލީސްކުރިތާ މިއަދަށް 15 އަހަރު ފުރުމާ ގުޅިގެން ކޮށްފައިވާ ޓުވީޓެއްގަ އެވެ.

މިއާއެކު އޭނާ އިތުރަށް ބުނެފައިވަނީ ޝާހުރުކު ހާނާއި އޭނާއާ އަޅައިބަލާއިރު، ޝާހުރުކު ހާން އައިސްފައިވަނީ ދިއްލީން ކަމަށާއި ތައުލީމު ލިބިފައިވާ ކަމަށާއި އަދި އިންޑަސްޓްރީގައި އޭނާ ދަންނަ މީހުން ތިބި ކަމަށެވެ. އެއާ ހިލާފަށް ކަންގަނާ އައިސްފައި ވަނީ އާދައިގެ ހިސާބަކުން ކަމަށާއި އިނގިރޭސިން ވާހަކަ ދައްކަން ނޭނގުމުގެ އިތުރުން އިންޑަސްޓްރީގައި ދަންނަ އެކަކުވެސް ނެތް ކަން އޭނާގެ ޓުވީޓުގައި ބުނެފައި ވެއެވެ.

ކަންގަނާ އިތުރަށް ބުނީ އޭނާގެ ބައްޕަ އަދި ކާފަ ވަނީ އޭނާގެ ދިރިއުޅުން ހަލާކުކޮށްލާފައި ކަމަށާއި ކާމިޔާބާއި ހަމައަށް އާދެވުނު ނަމަވެސް ކޮންމެ ދުވަހަކީވެސް ހަނގުރާމައެއް ކަމަށެވެ. ކަން މިހެން ހުރިކަމުގައި ވީނަމަވެސް މިހާ ހިސާބަށް އާދެވުމުން އުފާ ކުރާ ކަމަށާއި އަދި އެކަމަށް ޓަކައި އެންމެނަށް ވެސް ޝުކުރު އަދާ ކުރާ ކަމަށެވެ.

ކަންގަނާގެ ފުރަތަމަ ފިލްމު ގޭންގްސްޓާ ރިލީސްކޮށްފައިވަނީ 2006 ވަނަ އަހަރުގެ އެޕްރިލް 28 ވަނަ ދުވަހުއެވެ. ކަންގަނާ އަކީ ފިލްމު އިންޑަސްޓްރީގައި ހުންނަ ތަފާތު މައްސަލަތައް ފާހަގަކޮށް އަޑުއުފުލުމުގެ ސަބަބުން، މިއިންޑަސްޓްރީގައި މައްސަލަ ބޮޑު ތަރިއެއްގެ ގޮތުގައި ސިފަކުރެވިފައިވާ ތަރިއެކެވެ.