ލ. މާންދޫ ކްލަސްޓާއާ ގުޅުމެއް ނެތް ކުއްޖަކު ލ. ގަމުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މާންދޫ ކްލަސްޓާއާ ގުޅިގެން މާންދުއާއި އެރަށާ ގުޅިފައި އޮންނަ ލ. ގަމާއި ފޮނަދޫ އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. މާންދޫން ބަޔަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެރަށާއި ގުޅިފައި އޮންނަ ގަމުން ތިން މީހަކު ޕޮޒިޓިވްވެ އެރަށާއި ފޮނަދޫ މޮނީޓަރިންއަށް ލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
މާންދޫ ކްލަސްޓާއާ ގުޅިގެން ގަމުން މިހާތަނަށް 56 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ކޮވިޑާ ގުޅޭ މައުލޫމާތު ދެމުން ގަން އޮޕަރޭޝަން ސެންޓަރުން ބުނީ، މާންދޫ ކްލަސްޓާއާ ގުޅުމެއް ނެތް ކުއްޖަކު މިއަދު އެ ރަށުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކުއްޖާއަކީ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި 15 އަހަރުގެ މުކުރިމަގަށް ނިސްބަތްވާ ފިރިހެން ކުއްޖެކެވެ.
އަލާމާތްތައް ހުރެގެން ފަސް އަހަރުގެ އަންހެން ކުއްޖެއްވެސް މިއަދު ވަނީ ގަން ރީޖަނަލް ހޮސްޕިޓަލަށް ދައްކައިފައެވެ. އެ ކުއްޖާގެ ސާމްޕަލް ނަގާފައިވީ ނަމަވެސް އަދި ނަތީޖާ ލިބިފައެއް ނުވެއެވެ.
މާންދޫ ކަލްސްޓާއާ ގުޅިގެން ގަމާއި ފޮނަދޫން މިހާތަނަށް ވަނީ 795 ސާމްޕަލް ނަގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު