ވަން މީޑިއާގެ ޑިޖިޓަލް ޓީވީ، ވަން ޕްލަސް އިން ގެނެސްދޭ ޓޯކް ޝޯ، "ވަން ޓު ވަން" މިރޭ ފަށަން ނިންމައިފި އެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި އެ އިރަކު ހިނގާ މުހިންމު މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައި، ވާހަކަދެއްކުމަށް ތައްޔާރުކޮށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދަން ނިންމާފައި ވަނީ ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ ދުވަހުގެ ރޭ 09:00 ގަ އެވެ.
ވަން ޕްލަސް ގެ "ވަން ޓު ވަން" ގެ ފުރަތަމަ ޝޯ މިރޭ ކުރިޔަށް ގެންދާ އިރު، މިރޭގެ ޕްރޮގްރާމް ގެ ހާއްސަ މެހެމާނަކީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެވެ.
މިހާރުގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި މި ޕްރޮގްރާމްގައި ރީކޯ މޫސަ ވާހަކަ ދައްކަވާނެ ކަމަށް މި ޕްރޮގްރާމްގެ ޕްރޮޑިއުސަރު މައުލޫމާތު ދެއެވެ.
ވަން ޕްލަސް އިން ކުރިޔަށް ގެންދާ ޕްރޮގްރާމްތައް ފެންނާނީ ވަން ގެ ސޯޝިއަލް މީޑިއާ ޕްލެޓްފޯމް ތަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު