ވެލިގާ ހާޑްވެއާ އަދި ބްލަންކް ފިހާރަތަކުން މިއަހަރުގެ ރަމަޟާން މަަހަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައި އިނާމު ހަވާލުކޮށްފިއެވެ.

ނަސީބުވެރިން ހޮވުމަށް ގުރުއަތުލުން ބޭއްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފައިވަނީ އިއްޔެ މެންދުރު ފަހު ވެލިގާ ކޯޕަރޭޓް ސެންޓަރުގައެވެ.

މިދިޔަ މަހުގެ 15އިން މިމަހުގެ 20ގެ ނިޔަލަށް 30 ޕަސަންޓް ޑިސްކައުންޓާއެކު ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގައި ކަސްޓަމަރުން ކޮށްފައިވާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް ކޫފަނެއް ދޫކޮށްފައިވެއެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ވެލިގާއިން ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އޮންލައިން ޕްރޮމޯޝަން މެނޭޖުމަންޓް ސިސްޓަމެއް ބޭނުންކޮށްގެންނެވެ.

ޕްރޮމޯޝަންގެ ކަންކަން ކުރިއަށް ދިޔަ ގޮތް އަދި ނަސީބުވެރިން ހޮވުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތް މިނިވަން އޮޑިޓް ކުންފުނި، އޭއައިއެކްސް އެސޯސިއޭޓްސް އިން ވަނީ ބަލައި ރިވިއު ކޮށްފައެވެ.

  • 50،000ރ ގެ ވައުޗަރު:
  • ފަޒްލާ ތައުފީގް
  • 30،000ރ ގެ ވައުޗަރު:
  • ހާޝިމް އަބްދުލް ހަކީމް
  • 20،000ރ ގެ ވައުޗަރު:
  • އަމްނު އަހުމަދު
  • މެޓާބޯ ޓޫލް ސެޓް:
  • އަބްދުﷲ ސައީދު
  • ހޯމް ޑެކޯ ކިޓް:
  • އަބްދުﷲ ޒުހުރީ
  • އަހުސަން މުހައްމަދު
  • ޓީވީ:
  • އާދަމް ނަސީރު
  • އަހުމަދު ހުސައިން
  • ލެޕްޓޮޕް:
  • މުހައްމަދު ޝައުޔާ
  • މޫސާ ޖިނާން
  • ކޮފީ މެޝިން:
  • އެމްޑީ އަބޫ ޔޫސުފް
  • މުހައްމަދު ޝައިފާން

ވެލިގާއިން ބުނީ މިއަހަރުގެ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.