އެލައިޑް އިންޝުއަރެންސްގެ ރޯދަ ޕްރޮމޯޝަންގެ ދަށުން މޮޓޯ ތާޑް ޕާޓީ އިންޝުއަރެންސް ނަގާ މީހުންނަށް ޑިސްކައުންޓު ދޭން ނިންމައިފިއެވެ.

އެލައިޑުން ބުނީ، އެ ކުންފުނިން މިއަހަރުގެ ރޯދަ މަހު ކުރިއަށް ގެންދާ ''ރޯދަ މަހާ ރޯއްޖާ" ޕްރޮމޯޝަނުގެ ދަށުން އަލަށް މޮޓޯ ތާޑް ޕާޓި އިންޝުއަރެންސާއި ތަކާފުލް ނަގާ މީހުންގެ އިތުރުން ޕްލޭން އާ ކުރާ މީހުންނަށްވެސް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އެގޮތުން ސައިކަލަކަށް ތާޑް ޕާޓީ ކަވަރޭޖް ހޯދަން ކުރިން 175 ރުފިޔާ ދެއްކި ނަމަވެސް، ޕްރޮމޯޝަންގައި ދައްކަން ޖެހޭނީ 140 ރުފިޔާ އެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދަކަށް ކުރިން 750 ރުފިޔާ ހޭދަކުރި ނަމަވެސް ޕްރޮމޯޝަންގައި ދައްކަން ޖެހޭނީ 475 ރުފިޔާ އެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޮޓޯ ތާޑް ޕާޓީ އިންޝުއަރެންސަކީ އެކްސިޑެންޓެއް ކުރިމަތިވާ ހިނދު ތިންވަނަ ފަރާތަކަށާއި އެ ފަރާތުގެ އުޅަނދަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެހެން ފަރުމާ ކޮށްފައިވާ ޕޮލިސީއެކެވެ.