ގެއްލުނު އިންޑޮނޭޝިއާގެ ސަބްމެރިން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަށް އެހީތެރިވުމަށް އިންޑިއާގެ ނޭވީގެ ފަރާތުން ޑީޕް ސަބްމާޖެންސް ރެސްކިއު ވެސަލްއެއް ފޮނުވައިފިއެވެ.
ބާލީގެ އުތުރުގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވި އެ ސަބްމެރީން 53 ފަޅުވެރިންނާއެކު ގެއްލިފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. ސަބްމެރީން ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ އިރު އަވަށްޓެރި ސިންގަޕޫރާއި އޮސްޓްރޭލިއާ އިންވެސް އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމައިފައެވެ.
އިންޑިއާގެ ނޭވީން ނެރުނު ބަޔާނެއްގައި ބުނީ، ސަބްމެރިނެއް ގެއްލިގެން ނުވަތަ އަޑިއަށް ގޮސްގެން، އޭތި ހޯދައި އޭގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް އެކަމަށް ހާއްސަ އާލާތްތައް ބޭނުންވާނެ ކަމަށެވެ.
އިންޑިއާ އިން ފޮނުވި ޑީޕް ސަބްމާޖެންސް ރެސްކިއު ވެސަލް ސިސްޓަމް ބޭނުން ކޮށްގެން ސައިސް ސްކޭން ސޯނާ (އެސްއެސްއެސް) މެދުވެރިކޮށް އަދި ރިމޯޓްލީ އޮޕަރޭޓެޑް ވެހިކަލް ބޭނުން ކޮށްގެން 1000 މީޓަރު އަޑީގައި އޮންނަ ސަބްމެރީނެއް ހޯދޭނެއެވެ.
އަދި ގެއްލުނު ސަބްމެރީން ފެނުމުން، އޭގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ސަބްމެރީން ރެސްކިއު ވެހިކަލެއް ފޮނުވޭނެއެވެ. އެ ވެހިކަލް މެދުވެރިކޮށް ސަބްމެރީނަށް ބޭނުންވާ އިމަޖެންސީ ސަޕްލައިސް ފޯރުކޮށްދެވޭނެ ކަމަށް އިންޑިއާގެ ނޭވީން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ