އއ. މަތިވެރިން ކޮވިޑަށް ޕޮޒިިޓިވްވީ މީހުންގެ އަދަދު 83 އަކަށް އަރައިފިއެވެ.

މަތިވެރިން ދިހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެއީ އެރަށުން އެ އަތޮޅު ބޮޑުފޮޅުދޫއަށް މީގެ ހަތަރު ދުވަސް ކުރިން ދިޔަ މީހަކު ޕޮޒިޓިވް ވުމުން އެމީހާގެ ކޮންޓެކްޓުންގެ ތެރެއިން ފާހަގަވި 10 މީހަކު ޕޮޒިޓިވްވުމުންނެވެ.

މަތިވެރީ ހެލްތު ސެންޓަރުން ބުނީ، އިއްޔެ އެރަށުން ނެގި 150ގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބިފައިވަނީ 130 ސާމްޕަލް ކަމަށާއި އޭގެ ތެރެއިން 63 ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 82 އަށް އަރައިފައެވެ.

މަތިވެރި ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް "ވަން" މީގެ ކުރިން ވިދާޅުވި ގޮތުގައި އެރަށަށް ބަލި ފެތުރެން ދިމާވީ، އެރަށަށް ދިޔަ އިންޑިއާ ޓޫރިސްޓެއްގެ ފަރާތުންނެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ އަނބުރާ ގައުމަށް ދިއުމަށް މީގެ ދެ ހަފުތާ ކުރިން ނެގި ސާމްޕަލުންނެވެ. އެ ކޭސްއާ ގުޅިގެން އޭނާ ހުރި ގެސްޓްހައުސް މޮނީޓާކޮށް، އެ ތަނުން ހަތަރު މީހަކާއި އެ ފަތުރުވެރިޔާއާ ކޮންޓެކްޓްވި މީހަކު ޕޮޒިޓިވްވި ކަމަށް އާތިފް ވިދާޅުވިއެވެ.