ޒަވާޖީ ހަޔާތެއްގެ އުފާވެރިކަން އެކި މީހުން ބަޔާންކުރާނީ އެކިގޮތަށެވެ. ބައެއް މީހުންނަށް ގުޅުމެއް ކާމިޔާބުވަނީ އެ ގުޅުމުގައި ބޭކާރު ހާސަރުތައް ނުހިމެނި ޒުވާބު ކުރުމާއި ނުތަނަވަސްކަން އެކުލެވިގެން ނުވާ ހަމަޖެހޭ ގުޅުމަކަށް ވުމުންނެވެ. އަނެއް ބައިމީހުން ބައިިވެރިޔާއާާއެކު އާ ކަންކަން ތަޖުރިބާކޮށް އެކުގައި ރައްކާކުރާ ރީތި ހަނދާންތަކުގެ ސަފުހާތަކުން އުފާވެރިކަން ބަޔާންކުރެއެވެ.
އުފާވެރި ޒަވާޖީ ހަޔާތެއް ބޭނުންވާނަމަ އަންނަނިވި ކުދިކުދި ކަންކަމަށް ސަމާލުކަން ދިނުން މުހިއްމެވެ. ތިރީގައި ބަޔާން ކޮށްފައި އެވާ 7 ކަންތަކަކީ ކާމިޔާބު ޒަވާޖެއް ހަޔާތަކަށް ސަޕޯޓު ދޭ ވަރަށް މުހިންމު 7 ކަންތައް ކަމަށް ސާބިތުވެފައިވާ ގިނަ ދިރާސާތަކުން ދައްކައެވެ.
ހުރިހާ އިރަކު ބައިވެރިޔާ ގާތުގައި ހުރުމަކީ ވެދާނެ ކަމަކަށް ނުވާނެއެވެ. ނަމަވެސް އުފަލާއި ހިތާމައިގައި އެންމެ ގާތުގައި ބައިވެރިޔާ ގާތު ހުންނާނެކަމުގެ ޔަގީންކަން ލިބިފައި އޮތުމަކީ މުހިއްމުކަމެކެވެ.
ހަޔާތުގައި ދިމާވާ ނާޒުކު ހާލަތެއްގައި މިސާލަކަށް އާއިލާ ނުވަތަ ވަރަށް ގާތް މީހެއް ދުނިޔެ ދޫކޮށް ދިއުން، ބޮޑު ބައްޔެއް ތަހައްމަލުކުރުން، ވަޒީފާއެއް ގެއްލުން ފަދަ ކަމެއް މެދުވެރިވެ ހިތާމައިގައި ބައިވެރިޔާ އުޅެން ޖެހޭ ވަގުތުގައި އަބަދުވެސް އޭނާއާ އެންމެ ގާތުގައި ވާށެވެ. އަދި ކޮންމެ ދުވަހެއްގެވެސް ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންކަމާ ބައިވެރިޔާ ވާހަކަ ދައްކާއިރު ހަމައެކަނި އެވާހަަތައް އަޑު އަހާލަން ވަގުތުކޮޅެއް ހުސްކޮށްލުމުން އެކަން ވަރަށް ބޮޑަށް ބަލައިގަނެވޭނެ އެވެ. މިއީ ގުޅުން އިތުރަށް ވަރުގަދަ ވެ ދެ މީހުން ގާތްކުރުވާ ކަމެކެވެ. އަދި ބައިވެރިޔާއަކީ އަޅާލާ މީހެއް ގޮތުގައި އަނެކާއަށް ގަބޫލުކުރެވިގެން ދާކަމަކެވެ.
ގުޅުންތައް ވަރުގަދަކުރުމަށް ހަދިޔާ ބަދަލުކުރުމަކީ މުހިއްމުކަމެކެވެ.
ކުދިކުދި ކަންކަން ފާހަގަކޮށް ހަދިޔާ ބަދަލުކުރުމުން ގުޅުން ބަދަހިވެ އެހެން ހަރުފަތަކަށް އެ ގުޅުން ގެންގޮސްދޭ ބާރަކަށް ވެގެން ދެއެވެ.
ހަމައެކަނި ހާއްސަ ދުވަސްތަކަށް މަޑު ނުކޮށް ދޭތެރެއަކުން ހަދިޔާ ބަދަލުކުރުމަކީ ލޯބީގެ ރަމްޒެކެވެ. ވަރަށް ކުޑަގޮތަކަށްވެސް ބައިވެރިޔާގެ އަގު ވަޒަން ކުރެވިދާނެއެވެ. އަދި އެއީ ކޮންމެ ފަހަރަކު އަގުބޮޑެތި ސެންޓު ފަދަ ތަކެއްޗަށް ވާކަށް ނުޖެހެއެވެ.
ބައިވެރިޔާއަކީ ތިމާގެ ހަޔާތުގައި ކިހާ މުހިއްމު މީހެއްކަން އަބަދުވެސް ހަނދާން ކޮށްދޭށެވެ. އުފާވެރިކަން ގެނެސް ތިމާގެ ހަޔާތަށް އައި ކަމަށްޓަކައި އަބަދުވެސް ޝުކުރުވެރިކާން އޭނާއަށް އިހުސާސު ކޮށްދޭށެވެ.
އަބަދުވެސް ބައިވެރިޔާ އާއެކު ކުޑަ ވަގުތުކޮޅެއް ނަމަވެސް އެކުގައި ހޭދަކުރުމަށް އިސްކަން ދޭށެވެ. ދުވަހުގެ ބިޒީ ޝެޑިއުލުގެ ސަބަބުން ތިޔަ ގުޅުމަށް ވަގުތު ނުދެވި ދާން ވެއްޖެނަމަ ގުޅުން ހީނަރުވެގެން ދިއުމަށް މަގުފަހިކުރުވައެވެ.
ގޭތެރޭގެ މަސައްކަތްތަކުގައި ދެމީހުންނަށް ބަހާލައިގެން ކަންކަން ރާވާލައިގެން ކުރިއަށް ގެންދާށެވެ. ހަމައެކަނި އެކަކު ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ގޮތަށް ކަންކަން ބައްޓަން ނުކުރާށެވެ. ގުޅުމެއް ކާމިޔާބުވާނީ އެ ގުޅުމަކަށް ދެމީހުންވެސް އެއްވަރަކަށް މަސައްކަތްކޮށްގެންނެވެ.
ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. މައްސަލަ ޖެހި ހަމަނުޖެހުމަށް ދާ ކޮންމެ ފަހަރަކީ ޒުވާބުކޮށް އެކަކު އަނެކަކަށް އޮންނަ އިހުތިރާމު ނަގައިލަން ޖެހޭ ފަހަރެއް ނޫނެވެ.
މައްސަލައާ ދޭތެރޭ ފުންކޮށް ވިސްނައި އެކަމުގެ އެންމެ ރަނގަޅު ހައްލު ހޯދަން މަސައްކަތް ކުރާށެވެ. އެކަކު އަނެކަކު ގޯސް ކުރުމުގެ ބަދަލުގައި އެކަމުން އަރައިގަންނަންވެސް ދެމީހުން އެކުގައި މަސައްކަތްކުރާށެވެ. އަދި އެކަމެއް ހައްލުކުރުމަށްފަހު އެވާހަކަ ފަހުން ނުނަގައި ބައިވެރިޔާއާ އެކު ހަޔާތުގައި ކުރިއަށް ދާން މަސައްކަތްކުރުން މުހިއްމެވެ.
ތިން ލަފުޒުގެ މި މާނަ ފުން ބަސްކޮޅުން ބަައިވެރިޔާގެ މުޅި ހަޔާތް އުޖާލާކޮށްދޭނެ އެވެ. ބައިވެރިޔާ ދެކެ ވާ ލޯބި ކޮންމެ ދުވަހަކުވެސް ކޮންމެވެސް ސިފައެއްގައި އޭނާ ގާތުގައި ބުނުމަށް ހަނދާންކުރާށެވެ.