މި ރޯދަމަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މިގެނެސްދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓު ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ޕޮޓޭޓޯ އެންޑް ޓޫނާ ސެލެޑް ރެސިޕީއެވެ.

250ގ އަލުވި (ހަތަރެސްކަނަށް ކޮށުމަށްފަހު މަޑުވަންދެން ފެނުކައްކާފައި)

100ގ މަސްދަޅު

½ ޖޯޑުފިޔާ (ކޮށާފައި)

75ގޓޮމާޓޯ (ކޮށާފައި)

ޑްރެސިންގަށް ބޭނުންވާނެ ތަކެތި:

40މލ އޮލިވް އޮއިލް

1މޭޒުމަތީސަމުސާ ވިނެގާ

1މޭޒުމަތީސަމުސާ ޑިޖޯން މަސްޓަޑު

2މޭޒުމަތީސަމުސާ ޕާސްލީ (ކޮށާފައި)

ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް

50ގމެޔޮނައިސް

މެޔޮނެއިސް، މަސްޓަޑު، އޮލިވް އޮއިލް އަދި ވިނެގާކޮޅު ވަކިން ތައްޓެއްގައި އެއްކޮށް، ލޮނާއި އަސޭމިރުސްކޮޅެއް އަޅައިގެން ރަހަ ހެޔޮވަރުކޮށްލާށެވެ. އެއަށްފަހު ފިޔާ، އަލުވި، މަސް، ޕާސްލީ އަދި ޓޮމާޓޯކޮޅު ވަކިން ތައްޓެއްގައި އެއްކޮށްލާށެވެ. މީގެ ތެރެއަށް ކުރިން ތައްޔާރުކުރި ޑްރެސިންކޮޅު އަޅާލައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމުން ޑިޝް ތިހުރީ ތައްޔާރުކުރެވިފައެވެ.