ރޯދަމަހުގެ ފުރަތަމަ 10 ނިމުމަކާ ގާތް ވެފައިވާއިރު ބާޒާރުގެ އަގުތައްވެސް މިވަނީ ހެޔޮ ވާން ފަށާފައެވެ.
ލޯކަލް މާރުކޭޓުގެ ބާވާތްތަކުގެ ތެރެއިން ކަނޑޫދޫ މިރުހަކީ ވޭތުވެދިޔަ އަހަރުތަކުގައި ރަނަށް ވެފައިވާ ބާވަތެކެވެ. އަގު އެހާމެ ބޮޑެވެ. މިއަހަރު ރޯދަ ފެށުނު އިރު ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 500 ރުފިޔާއަށެވެ. ނަމަވެސް އަގު ދަށްވަމުން ގޮސް މިއަދު މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 190 ރުފިޔާ އަށެވެ.
ކަނޑޫދޫ މިރުހުގެ އިތުރުން މާރުކޭޓުގައި ލާމު މިރުހުގެ އިތުރުން ތޮއްޑޫ މިރުސް ވެސް ގިނަ އަދަދަކަށް އެބަ ހުއްޓެވެ.
މާރުކޭޓުގައި ތޮއްޑޫ މިރުސް ކިލޯއެއް މިއަދު ލިބެން ހުރީ 250 ރުފިޔާ އަށެވެ. ލާމު މިރުސް ކިލޯއެއް މިއަދު ލިބެން ހުރީ 150 ރުފިޔާއަށެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް:
- ކުރުނބާ 25ރ، 35ރ
- ލުނބޯ 40ރ ކިލޯ
- ކިއުކަމްބާ 50ރ ކިލޯ
- ބަނބުކެޔޮ 50ރ ކޭލެއް
- ކުއްޅަފިލާ ފަތް 25ރ ދެ ބޮނޑި
- ކޮޕީފަތް 10ރ ބޮނޑިއެއް
- ކެރެޓު 25ރ ކިލޯ
- އަލަނާސި 40ރ ގަނޑެއް
- ފޭރު 75ރ ކިލޯ
- ކަންކުން ފަތް 10ރ 3 ބޮނޑި
- ކަނޑޫދޫ މިރުސް 190ރ ކިލޯ
- ލާމު މިރުސް 150ރ ކިލޯ
- ތޮއްޑޫ މިރުސް 250ރ ކިލޯ
- ކަރާ 20ރ ކިލޯ
- ލެޓިއުސް 130ރ ކިލޯ
- ކާށި 20ރ - 05ރ
- ގަބުޅި 20ރ - 25ރ
- ދިވެހި އަނބު 100ރ ކިލޯ
- ބޭރު އަނބު 90ރ ކިލޯ
- ދޮންކެޔޮ 60ރ، 70ރ ކިލޯ
- ޖަނބުރޯލު 70ރ ކިލޯ
- ފެޝަންފުރުޓް 70ރ ކިލޯ
މަސް މާރުކޭޓުގެ އަގުތައް:
- ކަންނެލި 35ރ ކިލޯ
- ކަނޑުމަސް 35ރ ކިލޯ
- ރަތްމަސް ބޮޑު 150ރ - 300ރ ކިލޯ
- މާނިޔާ މަސް 75ރ ކިލޯ
- ދޮން ނޫމަސް 20ރ 4 މަސް
- މުށިމަސް 20ރ 4 މަސް
- ހަނދި 150 ކިލޯ
- ރިއްމަސް 20ރ 5 މަސް
- ފާނަ 250ރ ކިލޯ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު