ސަމީރާ ރެޑީ އަދި އޭނާގެ އާއިލާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ސަމީރާ އާއި އޭނާގެ ފިރިމީހާގެ އިތުރުން ދެދަރިން ކަމަށްވާ ހަންސް އަދި ނައިރާ ކޮވިޑަށް ޕޮޒިޓިވް ވި ހަބަރު ހިއްސާކުރީ އިއްޔެއެވެ.
އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ސަމީރާ ބުނެފައިވަނީ ހަންސް މިދިޔަ ހަފުތާ ތެރޭގައި ގަދައަށް ހުން އައިސް ބޮލުގައި ރިއްސައި ވަރު ދެރަވެ ގޮތްގޮތް ވާތީ ކޮވިޑަށް ޓެސްޓުކުރި ކަމަށާއި ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ދަރިފުޅުގެ ނަތީޖާ ޕޮޒިޓިވް ވުމުން ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވިކަމަށް އޭނާ ބުނެފައިވެއެވެ. ހަންސްގެ ފަހުން ނައިރާވެސް ހުން އައިސް ބަނޑަށް ތަދުވެ އުޅޭތީ ބޭސްދިން ކަމުގައި އޭނާ ބުނެފައިވެއެވެ. ދަރިންނަށްފަހު ސަމީރާ އަދި އޭނާގެ ފިރިމީހާ ޕޮޒިޓިވްވި ކަމަށާއި ނަމަވެސް ކުދިންގެ މާމަ ބައްޔަށް ނެގެޓިވް ކަމުގައި އޭނާ ފާހަގަކޮށްފައިވެއެވެ.
ސަމީރާ ވަނީ ވަރަށް ފަހުން އޭނާގެ ފިރިމީހާ އާއި ދެދަރިންގެ އިތުރުން މައިދައިތައާއެކު އިންޑިއާގެ ގޯއާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.
އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ އާ ވޭރިއަންޓުގެ ސަބަބުން ކުޑަކުދިން ޕޮޒިޓިވް ވާ އަދަދުވެސް ދަނީ މަތިވަމުންނެވެ. ކޮވިޑުގެ ހާލަތު އިންޑިއާގައި އިތުރަށް ގޯސްވަމުންދާތީ އެގައުމުގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. ބައެއް ސަރަހައްދުތަކުގައި އަންނަނީ ކާފިއު ހިންގަމުންނެވެ. އެހެން ބައެއް ސަރަހައްދުތައް ވަނީ ލޮކްޑައުން ވެސް ކޮށްފަ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން