ބޮލީވުޑުގެ މަޝްހޫރު ތަރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ. އިންޑިއާގެ ކޮވިޑުގެ ހާލަތު ގޯސްވެ އެގައުމުގެ ބައެއް ސަރަހައްދުތައް ލޮކްޑައުން ކޮށްފައިވާ ދަނޑިވަޅެއްގައި ބޮލީވުޑުގެ އެތައް ތަރިންނެއް އަންނަނީ ޗުއްޓީއަށް އެގައުމުން ބޭރަށް ފުރާފައެވެ.

އިއްޔެގެ ވަގުތެއްގައި އާލިއާ އަދި ރަންބީރު ރާއްޖެއަށް އައިސްފައިވާއިރު، އެ ދެތަރިން އެއާޕޯޓުން ފެންނަ ފޮޓޯތަކެއް ވަނީ މީޑިއާގައި ފެތުރިފައެވެ. އާލިއާ ބަޓް ކޮވިޑަށް ޕޮސޒިޓިވް ވުމަށްފަހު ވަރަށް ފަހުން ނެގެޓިވް ވެފައިވާކަން ހިއްސާކޮށްފައިވާއިރު ރަންބީރުވެސް ވަނީ ކުރިން ކޮވިޑަށް ޕޮޒިޓިވް ވެ ރަނގަޅުވެފައެވެ.

އާލިއާ އަދި ރަންބީރުގެ އިތުރުން، ސިދާތު މަލޯތުރާ އަދި ކިއާރާ އަދްވާނީ އަންނަނީ ކިހާވައްމޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންނެވެ. މިދެތަރިން ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސްކުރިން ކަމަށް ވެއެވެ.

މީގެ އިތުރުން ދިޝާ ޕަޓާނީ އާއި ޓައިގާ ޝްރޮފް އަދި ސާރާ އަލީ ހާން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.