ރޯދަ މަހުގެ ފަސް ވަނަ ދުވަހާ ބައްދަލުކުރި އިރު މާރުކޭޓުގެ އަގުތައް ވަނީ ފުރަތަމަ ދުވަހާ އަޅައިބަލާ އިރު ހެޔޮވާން ފަށައިފައެވެ.
ހާއްސަކޮށް މިދިޔަ ރޯދަ މަހު އަގު ރަނަށް އަރައިގެން ދިޔަ ކަނޑޫދޫ މިރުހުގެ އަގު މިހާރު ވަނީ ވެއްޓިފައެވެ. އެގޮތުން ރޯދައިގެ ފުރަތަމަ ދުވަހު ކަނޑޫދޫ މިރުސް ކިލޯއެއް 500 ރުފިޔާއަށް ވިއްކި އިރު، މިހާރު ކިލޯއެއް ވިއްކަމުން ދަނީ 250 ރުފިޔާއަށެވެ.
ކަނޑޫދޫ މިރުސް ވިއްކާ ބައެއް ގޮޅިތަކުގެ މީހުން ބުނި ގޮތުގައި، މިރުސް ވިކޭނެ ކަމަށް ލަފާކޮށް ގިނަ އަދަދެއްގެ މިރުސް މިއަހަރު ބާޒާރަށް ނެރުނެވެ. ނަމަވެސް މިރުހަށް އޮތް ޑިމާންޑް ދަށްވެ، މިރުސްތައް ހަލާކުވަމުންދާތީ އަގުހެޔޮކޮށް ވިއްކަން މަޖުބޫރުވީ ކަމަށް އެމީހުން ބުނެއެވެ.
މާރުކޭޓުގައި މިއަދު މަދުން ނަމަވެސް ލާމު މިރުސް ހުރިކަން ފާހަގަކޮށްލެވެއެވެ. ލާމު މިރުސް ލިބެން ހުރީ ކިލޯއެއް 330 ރުފިޔާއަށެވެ. ތޮޅި މިރުސް މިއަދު ހުރީ ކިލޯއެއް 400 ރުފިޔާއަށެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް:
- ކުރުނބާ - 25ރ، 40ރ
- ލުނބޯ - 40ރ ކިލޯ
- ކިއުކަމްބާ - 50ރ ކިލޯ
- ކުއްޅަފިލާ ފަތް - 15ރ ދެބޮނޑި
- ލެޓިއުސް - 150ރ ކިލޯ
- ކޮޕީފަތް - 10ރ ބޮނޑިއެއް
- ކެރެޓު - 25ރ ކިލޯ
- އަލަނާސި - 50ރ ގަނޑެއް
- ކަންކުން ފަތް - 10ރ 3 ބޮނޑި
- ކަނޑޫދޫ މިރުސް - 250ރ ކިލޯ
- ލާމު މިރުސް - 330ރ ކިލޯ
- ތޮޅި މިރުސް - 400ރ ކިލޯ
- ކަރާ - 20ރ ކިލޯ
- ކާށި - 25ރ - 10ރ
- ގަބުޅި - 20ރ - 25ރ
- ދިވެހި އަނބު - 140ރ ކިލޯ
- ބޭރު އަނބު - 110ރ ކިލޯ
- ޖަނބުރޯލު - 100ރ ކިލޯ
- ދޮންކެޔޮ - 90ރ، 60ރ
މަސް މާރުކޭޓުގެ އަގުތައް:
- ކަންނެލި 50ރ ކިލޯ
- ކަނޑުމަސް 35ރ ކިލޯ
- ރަތްމަސް ބޮޑު 150ރ - 500ރ ކިލޯ
- މާނިޔާ މަސް 70ރ ކިލޯ
- ދޮން ނޫމަސް 20ރ 4 މަސް
- މުށިމަސް 20ރ 5 މަސް
- ރިއްމަސް 20ރ 3 މަސް
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު