މިފަހަރު ރޯދަ މަހުގެ ފުރަތަމަ ހުކުރު ދުވަހު ބާޒާރުގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.
ރޯދަމަހުގެ ފުރަތަމަ ދުވަހާ އަޅާބަލާއިރު އަގުތަކަށް ބޮޑު ބަދަލެއް އައިސްފައި ނުވާއިރު މިއަދު ބާޒާރުގައި ބާވާތްތައް މަދުކަން ވެސް ފާހަގަކޮށްލެވެއެވެ.
ރޯދަ މަހު ދިވެހިން އާންމުކޮށް ގަނެ އުޅޭ ފަތްޕިލާވެލީގެ ބާވާތްތަކުގެ ތެރެއިން ލެޓިއުސް މިއަދު ބާޒާރުން ފެންނަން ނެތްކަން ފާހަގަކޮށްލެވެއެވެ. އެހެން ބާވާތްތަކުގެ ތެރެއިން ކަންކުން ފަތް 5 ރުފިޔާއަށް ބޮނޑިއެއް ލިބެން ހުރި އިރު، ކުއްޅަފިލާ ފަތް ލިބެން ހުރީ 25 ރުފިޔާއަށް ދެ ބޮނޑިއެވެ. ކޮޕީ ފަތް ބާޒާރުގައި މަދުކަން ފާހަގަކޮށްލެވެއެވެ. ކޮޕީ ފަތް ބޮނޑިއެއް ލިބެން ހުރީ 15 ރުފިޔާއަށެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް:
- ކުރުނބާ - 15ރ، 35ރ
- ލުނބޯ - 40ރ ކިލޯ
- ކިއުކަމްބާ - 50ރ ކިލޯ
- ކުއްޅަފިލާ ފަތް - 25ރ ދެބޮނޑި
- ކޮޕީފަތް - 15ރ ބޮނޑިއެއް
- ކެރެޓު - 25ރ ކިލޯ
- އަލަނާސި - 45ރ ގަނޑެއް
- ފޭރު - 80ރ ކިލޯ
- ކަންކުން ފަތް - 5ރ ބޮނޑިއެއް
- ކަނޑޫދޫ މިރުސް - 400ރ ކިލޯ
- ތޮއްޑޫ މިރުސް - 350ރ ކިލޯ
- ތޮޅި މިރުސް - 380ރ ކިލޯ
- ކަރާ - 25ރ ކިލޯ
- ކާށި - 15ރ - 5ރ
- ގަބުޅި - 15ރ - 45ރ
- ދިވެހި އަނބު - 120ރ ކިލޯ
- ބޭރު އަނބު - 100ރ ކިލޯ
- ޖަނބުރޯލު - 80ރ ކިލޯ
- ދޮންކެޔޮ - 45ރ، 70ރ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު