މާލޭ އިރުމަތީ ފަރާތަށް އުދަ އަރައިފިއެވެ.

ރޭގެ ދަންވަރުގެ ވަގުތެއްގައި އުދަ އަރާފައިވަނީ ކާނިވާ ސަރަހައްދުންނެވެ. އުދަ އެރުމާ ގުޅިގެން އެ ސަރަހައްދު ބޮޑުތަކުރުފާނު މަގު ވަނީ ފެންބޮޑުވެފައެވެ.

އެ ސަރަހައްދަށް އުދަ އަރައި، ފެން ބޮޑުވި ނަމަވެސް އެއްވެސް ތަނަކަށް ގެއްލުން ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. އަދި ފެން ބޮޑުވިތާ މާގިނައިރުތަކެއް ނުވަނީސް، ފެންގަނޑު ވަނީ ހިނދިފައެވެ.

މާލޭ އިރުމަތީ ފަރާތަށް މީގެ ކުރިން ވެސް އާންމުކޮށް އަދަ އަރައެވެ.