ޚަބަރު

ކޮންމެ ހަފުތާއަކު ފައިސާގެ އިނާމު ލިބޭ ރޯދަ ޕްރޮމޯޝަން މޯލްޑިވް ގޭހުން ފަށައިފި

އަލީ ޔާމިން

މޯލްޑިވް ގޭހުން ރަމަޟާން މަހާ ދިމާކޮށް ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

މޯލްޑިވް ގޭހުން ވަނީ ތިން ޕްރޮމޯޝަނެއް ފަށައިފައެވެ. އެގޮތުން މޯލްޑިވް ގޭހުގައި އަލަށް ރަޖިސްޓާ ކުރާ ކަސްޓަމަރުންނަށް ހިލޭ ގޭސްފުޅިއެއް ލިބިގެންދާ އިރު، ކަސްޓަމަރުން ދައްކަން ޖެހޭނީ ރީފިލިން އަށް ދައްކަން ޖެހޭ 200 ރުފިޔާ އެކަންޏެވެ.

މޯލްޑިވް ގޭހުން ވަނީ އެ ކުންފުނިން ގޭސް ގަންނަ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއްވެސް ތައާރަފުކޮށްފައެވެ. އެގޮތުން ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ އިރު، ޕްރޮމޯޝަންގެ މުއްދަތުގައި ގުރުއަތުން ހޮވޭ ތިން ކަސްޓަމަރުންނަށް ފައިސާގެ އިނާމު ލިބިގެންދާނެއެވެ. އެގޮތުން އެއްވަނައަށް 10،000 ރުފިޔާ ލިބޭއިރު ދެވަނައަށް 8،000 ރުފިޔާ އަދި ތިންވަނަ ނަސީބުވެރިއަކަށް 5،000 ރުފިޔާ ލިބިގެންދާނެއެވެ.

މޯލްޑިވް ގޭހުގެ ރޯދަ ޕްރޮމޯޝަން ރަމަޟާން މަހާއި ސައްވާލް މަހުގެ ހަ ރޯދަ ނިމެންދެން ކުރިއަށް ގެންދާނެއެވެ.