ތ. ވޭމަންޑޫން މާލެ ގެނައި ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންއަށް ލައިފިއެވެ.
އެ ދެމީހުނަކީ ވެސް ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ބަލިވެގެން ދެއްކި ދެ މީހުންނެވެ. އޭގެ ތެރެއިން އެކަކު މާލެ ފޮނުވާލާފައިވަނީ ހޮސްޕިޓަލުންނެވެ. އެއީ 65 އަހަރުން މަތީގެ އަންހެނެކެވެ. ދެވަނަ މީހާއަށް އާސަންދަ ހަމަނުޖެހުމުން އޭނާ މާލެ އައިސްފައި ވަނީ އަމިއްލައަށެވެ. އެއީ 22 އަހަރުގެ ފިރިހެނެކެވެ.
ތ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މިދުހަތު ނަސީރު 'ވަން' އަށް ވިދާޅުވީ، ކަރަންޓީނުގައި ނެތް ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ގިނަ އަދަދެއްގެ ބަޔަކާ އެމީހުން ކޮންޓެކްޓު ވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 51 މީހެއް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ އިރު، އެ މީހުންގެ ތެރެއިން ބައެއް މީހުންގެ ސާމްޕަލް ނަގަމުންދާ ކަމަށް ވިދާޅުވިއެވެ.
"އިއްޔެ ހަވީރު އެކަކު މާލެ ދިޔައީ. ހިސްޕިޓަލުން ފޮނުވި މީހާ މާލެ ގޮސްފައިވަނީ ރޭ ދަންވަރު. ދެ މީހުންގެ ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނު އިރު ޕޮޒިޓިވް،" މެނޭޖަރު ވިދާޅުވިއެވެ.
އާބާދީގައި 1280 އެއްހާ މީހުން ދިރިއުޅޭ ވޭމަންޑޫއަށް އެ ސަރަހައްދުގެ އެކި ރަށްތަކުން ވިޔަފާރި ކުރުމަށާއި ހޮސްޕިޓަލަށް ދެއްކުމަށް ދުވާލަކު 100 އާއި 200 ދެމެދުގެ އަދަދަކަށް މީހުން ދާ ކަމަށް ކައުންސިލުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު