ހޮލީވުޑް ފިލްމު ''ދި އިންޓާން'' ގެ ބޮލީވުޑް ރިމޭކު އަމީތާބް ބަޗަން އަދި ދީޕިކާ ޕަދުކޯން ފެނިގެންދާނެ ކަމުގައި ބުނެފި އެވެ.

ދީޕިކާ މިކަން އިއުލާންކޮށްފައިވަނީ ފިލްމުގެ ފުރަތަމަ ޕޯސްޓަރާ އެކު އޭނާގެ އިންސްޓަގްރާމު އެކައުންޓުގައެވެ.

މަޝްހޫރު ހޮލީވުޑް ފިލްމު ''ދި އިންޓާން'' ގެ ހިންދީ ރިމޭކު ގައި އަމީތާބް ބަޗަންގެ ރޯލު މީގެ ކުރިން ލިބިފައިވަނީ މިވަގުތު ދުނިޔެ ދޫކޮށްފައިވާ ރިޝީ ކަޕޫރަށެވެ.

އަމީތާބާ އެކު ލީޑް ރޯލު ކުޅުމަށް މިފިލްމުން އަށް ފުރުސަތު ލިބުނު އިރު، މީގެ 5 އަހަރު ކުރިން ނެރުނު ''ޕީކޫ''ގައި މި ދެތަރިން އެކީގައި ފެނިގެން ގޮސްފައިވެއެވެ.

މިވަގުތު ދުނިޔެ ދޫކޮށްފައިވާ އިރުފާން އަލީ ކުޅެފައިވާ އެ ފިލްމުގައި އަމީތާބު، ދީޕިކާގެ ބައްޕަގެ ރޯލުން ފެނިގެންދިޔައިރު ''ޕީކޫ'' އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމެކެވެ.