ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރަށް އޮޅިގެން، ކަރީނާއަށް އެންމެފަހުން ލިބުނު ދަރިފުޅުގެ ފޮޓޯ ދައްކާލެވިއްޖެއެވެ.
އިންސްޓަގްރާމުގައި ރަންދީރު ވަނީ ދެ ތުއްތު ކުދިންގެ ފޮޓޯ ހިމެނޭ ކޮލާޖެއް ހިއްސާކޮށްފައެވެ. ކަރީނާ އަދި ސައިފްގެ ދޮށީ ދަރިފުޅު، ތައިމޫރު ތުއްތު އިރުގެ ފޮޓޯ އަދި ފަހުން ލިބުނު ދަރިފުޅުގެ ފޮޓޯ ހިމަނައިގެން ހަދާފައިވާ ފޮޓޯ އިންސްޓަގްރާމަށް ލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އިންޓަނެޓުގައި އެފޮޓޯ ވައިރަލް ވާން ފެށުމުން އޭނާ ވަނީ ފޮޓޯ ޑިލީޓުކޮށްފައެވެ.
ކަރީނާ އަދި ސައިފްގެ ދޮށީ ދަރިފުޅު 4 އަހަރުގެ ތައިމޫރަށް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް އަބަދުވެސް ލިބެއެވެ. އަދި ތައިމޫރަށް ކުޑަ ފިރިހެން ކޮއްކޮއެއް ފެބުރުއަރީ މަހު ލިބިފައިވާއިރު، އެއްވެސް ފޮޓޯއެއް މިވީހާ ތަނަށް މީޑިއާއަށް ދީފައެއް ނުވެއެވެ.
ކަރީނާ އެންމެފަހުން މީޑިއާއާ ހިއްސާކުރި ފޮޓޯގައިވެސް ތުއްތު ދަރިފުޅުގެ މޫނެއް ނުފެނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް