އިންޑިއަން އައިޑަލް12 ހުށަހަޅައިދޭ އަދިތިޔާ ނަރަޔާން އަދި އޭނާގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ އަދިތިޔާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވި ވާހަކަ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. އަދި އޭނާއަށް ހެޔޮދުއާ ކޮށްދިނުމަށް އެދިފައިވެއެވެ.
މިވާހަކަ ހިއްސާކުރުމާއެކު އޭނާއަށް އަވަސް ޝިފާއަކަށް އެދި ގިނަ ބަޔަކު އަންނަނީ މެސެޖުކުރަމުންނެވެ.
މިރޭ ދައްކަން ހަމަޖެހިފައިވާ އިންޑިއަން އައިޑަލް އެޕިސޯޑުން އަދިތިޔާގެ ބަދަލުގައި ޝޯގެ ހޮސްޓެއްގެ ގޮތުގައި ފެނިގެންދާނީ ޖޭ ބަނުޝަލީއެވެ.
މިރޭގެ ޝޯ ގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ފެނިގެންދާނީ ރޭކާއެވެ.
އަދިތިޔާ އާއި އޭނާގެ އަންހެނުން ވަނީ ވަރަށް ފަހުން ޗުއްޓީއަކަށް ސިޓީން ބޭރަށް ދަތުރެއް ކޮށްފައެވެ.
އަދިތިޔާ އާއި ޝުވެތާ ކައިވެނިކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 1ވަނަ ދުވަހުއެވެ. ކޮވިޑުގެ ހާލަތުގެ ސަބަބުން ކައިވެނި ހަފުލާ ފާހަގަކޮށްފައިވަނީ ހަމައެކަނި އާއިލާއާއި ގާތް ރަހްމަތްތެރިންގެ ހާޒިރުގައި އެކަންޏެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން