ޓައިވާނުގައި ރޭލެއް އެކްސިޑެންޓްވެ 50 މީހުން މަރުވެއްޖެއެވެ.
494 ފަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ އެރޭލު އެކްސިޑެންޓު ވެފައިވަނީ ކޮންސްޓްރަކްޝަން ވެހިކަލެއްގައި ޖެހިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގަޑިއަކު 130 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރަމުންދިޔަ އެރޭލު އެކްސިޑެންޓު ވެފައިވަނީ ޓަނަލެއްގެ ދޮރުމަތީގައެވެ. އަދި އެކްސިޑެންޓު ހިނގައި ރޭލު ހުއްޓުނުއިރު ރޭލުގެ ބޮޑުބައެއް ޓަނަލްގެ ތެރޭގައި އޮތްކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.
ރޭލު އެކްސިޑެންޓުގެ ހާދިސާގައި މިހާތަނަށް 50 މީހުން މަރުވެފައިވާއިރު 66 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
އެކްސިޑެންޓު ހިނގުމާއެކު އެގައުމުގެ ރެސްކިއު ޓީމުތަކުން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަދި އެގައުމުގެ ފުލުހުން ވަނީ ހާއްސަ ތަހުގީގެއްވެސް ފަށާފައެވެ.