ޚަބަރު

ޖަރާސީމުން ތަގައްޔަރުވެފައިވާ ޗީޒް ބެޗެއް ރާއްޖޭގައި ދައުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އަލީ ޔާމިން

ލިސްޓީރިއާ މޮނޯސައިޓޯޖީންސް ޖަރާސީމުން ތަގައްޔަރުވެފައިވާ ޗީޒް ބެޗެއް ރާއްޖޭއަށް އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭއިން ބުނީ، ލިސްޓީރިއާ މޮނޯސައިޓޯޖީންސް' (Listeria monocytogens) ޖަރާސީމުން ތަގައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމުގައިވާ ފަރަންސޭސި ވިލާތުގެ ބެޗެއްގެ ޗީޒު ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (RASFF) އިން އަންގާފައިވާ ކަމަށެވެ.

މިއެލާޓާ ގުޅިގެން، މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްއެފްޑީއޭއިން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަރަންސޭސި ވިލާތުގެ ތިރީގައިވާ މައުލޫމާތު ހިމެނޭ ބެޗުގެ ޗީޒު ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާ ކަމަށެވެ.

އެމްއެފްޑީއޭގެ ޓުވީޓު ---

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ އޮތޯރިޓީގެ ނަންބަރު 7603204 / 3014361 ފޯނަށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.