ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ތަންތަނުން ފޭރުމުގެ ކުށުގައި ދައުލަތުން އުފުލި ދައުވާ، ހ.ކްރިމްސަން ލައިޓް އަހުމަދު މުބީން އާއި ތ.މަޑިފުށި ހުދުވެލި، އިބްރާހިމް ރަމްޒީ ގެ މައްޗަށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެެވެ.
މުބީން އާއި ރަމްޒީގެ މައްޗަށް، ޖަމާއަތް ހަދައިގެން މީހުން ދިރި އުޅޭ ތަންތަނުން ފޭރުމުގެ ދައުވާ ދައުލަތުން އުފުލީ، މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރު އެމީހުން ކޮށްފައިވާ ކަމެއްގެ މައްޗަށެވެ.
އެއީ 5 ފެބްރުއަރީ 2010 ވަނަ ދުވަހުގެ ވަގުތެއްގައި ބަނގްލަދޭޝް ދެމީހުން ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރީގައި މީހުން ނިދާފައި ތިއްބައި، އިތުރު މީހަކާއެކު މުބީން އާއި ރަމްޒީ އެތަނަށް ވަދެ އެތަނުން މީހެއްގެ ކަރުގައި ވަޅިއެއް ޖައްސަލައި އެކޮޓަރީގައި ހުރި އަލަމާރި ހުޅުވުމަށްފަހު އެ އަލަމާރި ތެރެއިން މޯބައިލް ފޯނަކާއި، އެކޮޓަރި ތެރޭގައި ހުރި އެނދެއްގެ މަތީގައި އޮތް ފޯނަކާއި، އެ ކޮޓަރީގެ ކުލި ދައްކަން ބަހައްޓާފައިހުރި 5000 ރުފިޔާ ނެގި ކަމަށް ބުނާ މައްސަަލައެއްގައެވެ.
އެ މައްސަލަ ބަލައި އިއްޔެ ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، މުބީން އާއި ރަމްޒީގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ކާފީ ހެކި ލިބިފައި ނުވާތީ މުބީނާއިި ރަމްޒީގެ މައްޗަށް ދައުލަތުން ކުޅަ، ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ތަންތަނުން ފޭރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ހުކުމްކޮށް ގަޒިއްޔާ ނިންމާ ކަމަށެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް