ލަންކާ ސަރުކާރުން އެގައުމުގެ ނޫސްވެރިންނަށް ހާއްސަ ޕްރިވިލެޖް ކާޑެއް ތައާރަފު ކޮށްފިއެވެ.
ލަންކާގެ މިނިސްޓްރީ އޮފް މާސް މީޑިއާއިން ތައާރަފުކުރި އެކާޑު ބޭނުންކޮށްގެން އެގައުމުގެ ނޫސްވެރިންނަށް ވިޔަފާރިތަކުން ޑިސްކައުންޓު ލިބޭނެއެވެ.
ނޫސްވެރިންގެ ހާއްސަ ކާޑު ބޭނުންކޮށްގެން އެގައުމުގެ 500 އަށްވުރެ ގިނަ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ލަންކާގެ މާސް މީޑިއާ މިނިސްޓްރީން ވަނީ އެގައުމުގެ ވިޔަފާރިތަކުން ބޮޑެތި އެހީތެރިކަން ލިބޭ ކަމަށާއި އެކާޑު މެދުވެރިކޮށް ނޫސްވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ފާހަގަކޮށްފައެވެ.
މިނިސްޓްރީން ވަނީ އެގައުމުގެ 7000 އަށްވުރެ ގިނަ ނޫސްވެރިންނަށް ކާޑު ބެހުމުގެ މަސައްކަތް ފަށާފައިވާ ކަން ހާމަކޮށްފައެވެ.