ނ. ހޮޅުދޫ އާއި ރ. މަކުރަތު ވެސް މޮނިޓަރިން އަށް ލައިފި އެވެ.
ހޮޅުދޫ މޮނިޓަރިން އަށް ލާފައިވަނީ ފެލިވަރު ކްލަސްޓާގައި ހިމެނޭ މީހަކު އެރަށުން ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. މާކުރަތު މޮނިޓަރިން އަށް ލާފައިވަނީ އުނގޫފާރު ކްލަސްޓާގައި ހިމެނޭ މީހަކު އެރަށުން ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.
މިއާއެކު ޖުމުލަ 15 ރަށެއް މިހާރު ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.
އުނގޫފާރުން މާލެ ދަތުރުކުރާ ބޯޓަކުން އެރަށަށް ބަލި ފެތުރުނު އިރު ގިނަ އަތޮޅުތަކުން ސިއްހީ ފަރުވާ ހޯދުމަށް ވަނީ އެރަށަށް ގޮސްފަ އެވެ. އެރަށްތަކުން ދަތުރުކުރި މީހުން ކަރަންޓީނު ކޮށްފައިވާއިރު ރ. މަޑުއްވަރީ އާއި ހުޅުދުއްފާރާއި، ދިއްފުށްޓާއި ނައިފަރުންވެސް އެރަށަށް ދަތުރުކުރި ބަޔަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.
ފެލިވަރަށް ބަލި ފެތުރުނު ގޮތް މިހާތަނަށް ދެނެގަނެވިފައި ނުވާއިރު ޅ. އަތޮޅުގެ ގިނަ ރަށްތަކެއް ވަނީ މޮނިޓަރިން އަށް ލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު