ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު އިންޑިއާގެ 54 މީހަކު ހައްޔަރުކޮށްފިއެވެ.
ލަންކާގެ ނޭވީ އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އެގައުމުގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ އިންޑިއާގެ ފަސް މަސް ބޯޓު ހިފަހައްޓާފައިވާ އިރު، އެ ބޯޓުތަކުގައި ތިބި އެންމެން ވަނީ ހައްޔަރުކޮށްފައެވެ.
ލަންކާގެ ނޭވީ އިން ވަނީ މައުލޫމާތުދޭ ގޮތުގައި ބޯޓުތައް އަތުލައިގެންފައި ވަނީ އެގައުމުގެ ދެކުނު ކަނޑުގެ ސަރަހައްދުންނެވެ. އެ ބޯޓުތަކުން 1030 ކިލޯގެ މަހާއި މަސްހިފުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވާކަމަށްވެސް ނޭވީ އިން ބުނެއެވެ.
ނޭވީ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އެގައުމުގެ ކަނޑުގެ ސަރަހައްދަށް ވަގަށް ވަދެ މަސްވެރިކަން ކުރާ ފަރާތްތައް ހޯދުމުގައި ނޭވީ އިން ހާއްސަ އޮޕަރޭޝަންތައް ކުރިއަށްގެންދާ ކަމަށާއި އެގައުމުގެ ކަނޑުގެ ސަރަހައްދާއި ދެމެހެއްޓެނިވި މަހުގެ ސްޓޮކް ރައްކާތެރިކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ