މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް 87 ހުށަހެޅުން ހުށަހަޅައިފިއެވެ.
އެމްއެމްސީން ބުނީ މިއަހަރު އިނާމު ދިނުމަށް ނިންމާފައިވަނީ 12 ދާއިރާއަކުން ކަމަށާއި އެ ދާއިރާތަކަށް 87 ހުށަހެޅުން ހުށަހަޅާފައިވާ ކަމަށެވެ.
މިފަހަރު އަލަށް ދެ ދާއިރާއަކުން އިނާމު ދިނުމަށް ނިންމާފައިވެއެވެ. އެއީ ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އަދި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއެވެ. ނަމަވެސް މި ދެ ދާއިރާއަށް މިފަހަރު އެއްވެސް ފަރާތަކުން ނަން ހުށަހަޅާފައެއް ނުވެއެވެ.
- ތަހުގީގީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާނަލިޒަމް - 9
- ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ - 21
- ސިޔާސީ - 9
- ޝަރުއީ އަދި ގާނޫނީ - 6
- ވިޔަފާރި އާއި އިގުތިސޯދު - 9
- ކުޅިވަރު - 5
- ފޮޓޯ ޖާނަލިޒަމް - 6
- ވީޑިއޯ ޖާނަލިޒަމް - 3
- އޯޑިއޯ ޖާނަލިޒަމް - 0
- ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް - 0
- ފީޗާ/ ރިޕޯޓް - 17
- އެންމެ އުންމީދީ ނޫސްވެރިޔާ - 2
މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ އޮންނާނީ އަންނަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު