މަޝްހޫރު ސުޕާ ޔޮޓް "އެޑަސްޓްރާ" ރާއްޖެ އަތުވެއްޖެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުން އަންނަ މި ސުޕާ ޔޮޓަށް ވަނީ ގިނަ ބައެއްގެ ޝައުގުވެރިކަން އަމާޒުވެފައެވެ.
މިއީ ސުޕާ ޔޮޓް އެޑަސްޓްރާ ރާއްޖެ ދަތުރުކުރި ފުރަތަމަ ފަހަރެވެ. ދުބާއީން ފުރައިގެން ހަ ދުވަހުގެ ދަތުރަކަށްފަހު މި ޔޮޓް ރާއްޖެ އައިސްފައިވާ އިރު، ރާއްޖޭގައި ހަ މަސް ދުވަހުގެ މުއްދަތަކަށް ޔޮޓް މަޑުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔޮޓު ދަތުރުކުރާނެއެވެ.
ސުޕާ ޔޮޓް އެޑަސްޓްރާ ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ޔޮޓު ޗާޓަރު ކުރެވޭނެއެވެ. ޔޮޓް ޗާޓަރު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ރާއްޖޭގެ އެޖެންޓް ޖޭއެލްއެސް ޔޮޓް މޯލްޑިވްސް އިންނެވެ.
ޔޮޓުގައި ނުވަ މީހުންނަށް ލަގްޒަރީ ތިން ކެބިން ހުރެއެވެ. ތިން ކެބިންގެ ތެރެއިން އެއް ކެބިން އަކީ ވީއައިޕީ ކެބިންއެކެވެ. އަދި މީގެ އިތުރުން ގިނަ ހިދުމަތްތަކެއް ޔޮޓުން ލިބެން ހުރެއެވެ.
ދިގުމިނުގައި 42.6 މީޓަރު ހުންނަ މި ޔޮޓް ޑިޒައިން ކޮށްފައިވަނީ އިނގިރޭސި ނޭވަލް އާކިޓެކްޓް ޖޯން ޝަޓެލްވޯތު އެވެ.
އެޑަސްޓްރާ ވަނީ ދެކުނު އިރުމަތީ އޭޝިއާގެ އިތުރުން ޕެސިފިކްގެ ގައުމުތަކާއި ކެރީބިއަންގެ ރަށްތަކުގެ އިތުރުން އުތުރު އަދި ދެކުނު އެމެރިކާގެ ގައުމުތަކުގައިވެސް ދަތުރުކޮށްފައެވެ. މީގެ އިތުރުން އިރުމަތީ ޔޫރަޕާއި މެޑިޓެރޭނިއަން ގައުމުތަކަށްވެސް މިޔޮޓް ޒިޔާރަތްކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު