ދ. ކުޑަހުވަދޫން 243 ގޯތި ދޫކުރުމަށް ނިންމައި އެކަމަށް ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ކުޑަހުވަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ގޯތި ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ އަށްވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހްމަދު ޝާމް މިއަދު "ވަން" އަށް ވިދާޅުވީ ގޯތި މި ދޫކުރަނީ ފަސް ވަރަކަށް އަހަރު ފަހުން ކަމަށާއި މިފަހަރު ދޫކުރާ ގޯއްޗެއްގެ ބޮޑުމިނުގައި 2000 އަކަފޫޓު ހުންނާނެ ކަމަށެވެ.
"މި ފަހަރު ގޯތި މި ދޫކުރަނީ ދެކުނު ފަރާތު ހިއްކި ސަރަހައްދުން،" ސާމް ވިދާޅުވި އެވެ.
ގޯތި ދޫކުރުމުގައި ޕޮއިންޓް ދޭނެ އުސޫލެއް ކައުންސިލުން ވަނީ ތައްޔާރުކޮށްފައެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ލިބޭ 243 މީހުންނަށް ގޯތި ދިނުމަށް ވަނީ ނިންމައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު