އިންޑިއާގެ 67 ވަނަ ނެޝަނަލް ފިލްމް އެވޯޑްސް ގެ އެންމެ މޮޅު އެކްޓަރުގެ މަގާމަށް މަނޯޖް ބަޖްޕާއީ އަދި އެންމެ މޮޅު އެކްޓްރެސް އަށް ކަންގަނާ ރަނޯއަތު ހޮވިއްޖެ އެވެ.
ކަންގަނާ އަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު އިިއްޔެ ލިބުނު އިރު މިއަދު އޭނާ އަންނަނީ އުފަންދުވަސް ވެސް ފާހަކުރަމުންނެވެ.
ފިލްމް ''ޕަންގާ'' އަދި ''މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ'' އިން ކަންގަނާއަށް މި އެވޯޑް ލިބުނުއިރު، މިއީ އުފަންދުވަހާ ދިމާކޮށް ލިބުނު ރަނގަޅު ހަދިޔާއެއް ކަމަށް ކަންގަނާގެ ފޭނުންނާއި އިންޑަސްޓްރީގައި އުޅޭ އޭނާގެ ސްޕޯޓަރުން ދެކެއެވެ.
ކަންގަނާ މިވަގުތު ބުރަކޮށް އުޅެމުން އަންނަނީ، އޭނާގެ ކުރިއަށް އޮތް ފިލްމު ''ތެލްއަވީ'' ގެ ޓްރެއިލާ ލޯންޗް ކުރުމުގެ ކަންތަކުގައެވެ. އެގޮތުން، މިމަސައްކަތުގައި އޭނާވަނީ ޗެންނާއީއަށް ދަތުރުކޮށްފައެވެ.
ރޭގެ ދަންވަރު ޗެންނާއިގައި ފިލްމުގެ ޓީމާއެކު އޭނާގެ އުފަންދުވަހާއި ނެޝަނަލް އެވޯޑް ލިބުމުގެ އުފާ ފާހަގަކޮށް ނަގާފައިވާ ފޮޓޯތައް އޭނާވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
މަނޯޖް ބަޖްޕާއީ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކުރީ ފިލްމު ''ބޯސްލޭ'' އިންނެވެ. އެކްޓު ކުރުމުގެ އިތުރުން މި ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ވެސް މަނޯޖް އެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް