އިއްޔެ އިންޑިއާގެ 67 ވަނަ ނެޝަނަލް އެވޯޑް މިވަނީ އިއުލާންކޮށްފައެވެ. ޕެންޑެމިކްގެ ހާލަތާއި ގުޅިގެން މިދިޔަ އަހަރުގެ އެވޯޑް ކެންސަލްކޮށްފައިވާތީ މިއެވޯޑްތައް ދީފައިވަނީ 2019 ވަނަ އަހަރު ރިލީސްކުރި ފިލްމުތަކަށެވެ. 2020 ވަނަ އަހަރު ރިލީސްކޮށްފައިވަނީ ''އަންގްރޭޒީ މީޑީއަމް'' އެކަންޏެވެ.

އެއްވަނަ ފިލްމަށް ހޮވުނު ޗިޗޯރޭ އަކީ ދާދި ފަހުން މަރުވި ސުޝާންތު ސިންގް ރާޖްޕުތު އެކްޓް ކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ ފިލްމަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ސުޝާންތުގެ މަތިން ވަނީ ހަނދާން އާ ކޮށްފައެވެ.

މި ފިލްމަށް ލިބުނު ކާމިޔާބީއާ ގުޅިގެން އިންޑިއާގެ މީޑިއާއާ ވާހަކަ ދައްކަމުން ނިތޭޝް ބުނީ ފިލްމުގެ ކާމިޔާބީ ފާހަގަކުރާއިރު، ސުޝާންތު މަތިން ވަރަށް ހަނދާން ވާކަމަށާއި، މިއުފަލުގައި ބައިވެރިވުމަށް އޭނާ ދުނިޔޭގައި ހުރިނަމައޭ ހިތަށް އަރާކަމަށެވެ.

ފިލްމުގެ ކާމިޔާބީ ޓީމުގެ ހުރިހާ އެންމެންވެސް ފާހަގަކުރާ ކަމަށާއި، އަދި ސުޝާންތު ނެތުމުގެ ހިތާމަ އެންމެންވެސް ވަރަށް ބޮޑަށް ކުރާކަމުގައި އޭނާ ބުނެފައިވެއެވެ.

ނިތޭޝް އަށް މިފިލްމުން ލިބުނު ކާމިޔާބީގެ އިތުރުން އޭނާގެ އަންހެނުން އަޝްވިނީ އާޔަރު ތިވާރީގެ ފިލްމު ''ޕަންގާ" އަށް އެންމެ މޮޅު އަންހެން އެކްޓްރެސްގެ އެވޯޑް ވަނީ ލިބިފައެވެ. މި ކާމިޔާބީއަށް އޭނާގެ އަންހެނުން އަޝްވިނީ އަށް، އަދި ބެސްޓް އެކްޓްރެސް އެވޯޑު ލިބުނު ކަންގަނާ ރަނާތު އަށް މަރުހަބާ ކިޔައި، އެމީހުންނާ ދޭތެރޭ ފަހުރުވެރިވާކަމަށް ބުނެފައިވެއެވެ.

ބެސްޓް އެކްޓަރުގެ އެވޯޑް ލިބިފައިވަނީ ''ބޯސްލޭ'' އިން މަނޯޖް ބަޖްޕާއީ އަށެވެ.