އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވައިލައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ އެ މަގާމުގައި ހުންނެވި ހުސެއިން ފިޔާޒު މޫސާ އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުށަހަޅާ ފޯމު ބަލައިގަންނާނީ މި މަހުގެ 30 އަދި 31 ވަނަ ދުވަހު ކަމަށެވެ. ފޯމް ރައީސް އޮފީހުންނާއި ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެއެވެ.
އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒު އައްޔަން ކުރެއްވީ އޮކްޓޯބަރު 31، 2019 ގައެވެ.
މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލު ކުރައްވައިގެން ހުންނެވި ފިޔާޒަކީ 2000 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގެ އެކިފަންތީގެ މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އާފަތިސް ނޫހާއި "ހަވީރު"ގެ އިތުރުން ރާއްޖެޓީވީގެ އިސް މަގާމުތައް ފުރުއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު