އަނުޝްކާ އަދި ވިރާތު އެމީހުންގެ އަލަތު ދަރިފުޅު ވަމިކާ އާއެކު، އަހްމަދުއާބާދުގެ އެއާޕޯޓުން އާދިއްތަ ދުވަހު ފެނިއްޖެ އެވެ. މި ދެތަރިން އެއާޕޯޓުން ފެނިފައިވަނީ ވިރާތުގެ މެޗް ޝެޑިއުލަށް، ޕޫނޭއަށް ފުރުމަށް ގޮސް އުޅެނިކޮށް ކަމަށްވެއެވެ. އިންޓަނެޓްގައި އަންނަނީ މިލޯބި އާއިލާ އެއާޕޯޓުން ފެންނަ ފޮޓޯ އާއި ވީޑިއޯކޮޅުތައް ވައިރަލް ވަމުންނެވެ.
މިއީ މިދެތަރިން ދަރިފުޅާއެކު ބޭރުތެރެއިން ފެނުނު ފުރަތަމަ ފަހަރެވެ. ފޮޓޯތަކުން ފެންނަ ގޮތުން، އަނުޝްކާ ހުންނަނީ ދަރިފުޅު ބްލޭންކެޓަށް ލައި، މޫނުމަތި އާއްމުންނަށް ނުފެންނަހެން ފޮރުވާލައިގެންނެވެ. އަދި އަނުޝްކާގެ ފަހަތުން ވިރާތު، ދަބަސްތަކާއި، ވަމިކާގެ ކޮޓް ހިފައިގެން އަންނަތަން ފެނެއެވެ.
އަނުޝްކާ ވަރަށް އާދައިގެ ގޮތަކަށް ސްވެޓްޝަޓްއަކާއި ޖީންސްގައި ފެންނައިރު ވިރާތުވެސް ފެނިގެންދަނީ ޝާޓަކައި ޓްރެކް ޕޭންޓްސްގައެވެ.
މި ދެތަރިން އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައިވަނީ މިދިޔަ ޖަނަވަރީ 11 ގައެވެ. ވަރަށްފަހުން ދަރިފުޅުގެ 2 މަސްދުވަސް ފާހަގަކޮށް ރެއިންބޯ ކޭކްގެ ފޮޓޯއެއް އަނުޝްކާގެ އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފައެވެ.
ދަރިފުޅު ވަމިކާ ލިބުމާއެކު، ދެ ތަރިންވަނީ، މުމްބާއީގެ ޕަޕަރާޒީއަށް އެމީހުންގެ ދަރިފުޅުގެ ފޮޓޯ ނުނެގުމަށް އަންގާފައެވެ.
އެގޮތުން އެދެތަރިން ނެރެފައިވާ ސްޓޭޓްމަންޓެއްގައި، އެމީހުންނަށް ދޭ ސަމާލުކަމަށްޓަކައި ޝުކުރު އަދާކުރާކަން ފާހަގަކޮށް އަލަތު ދަރިފުޅު ލިބުމުގެ އުފާ މީޑިއާއާ ހިއްސާކުރާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށާއި މިދެތަރިންގެ ހަބަރުތައް މީޑިއާއިން ގެނެސްދިނުމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށާއި ނަމަވެސް ދަރިފުޅު ހިމެނޭ އެއްވެސް ފޮޓޯއެއް އަދި ވީޑިއޯއެއް ނުނެގުމަށް އެދޭކަމުގައި މި ސްޓޭޓްމަންޓްގައި ބުނެފައިވެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް