''ރޫހީ''ގެ ތަރި ރާޖްކުމާރް ރާއޯ ބޮލީވުޑްގެ ކާމިޔާބު 11 އަހަރު ފާހަގަކޮށް، އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށްފިއެވެ. މިކަން އާންމުކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް ޕޭޖްގައެވެ.

ރާޖްކުމާރް ރާއޯ އަކީ ކާމިޔާބު ތަރިންގެ ލިސްޓުގައި މިހާރު ފާހަގަކޮށްލެވޭ ނަމެކެވެ. ކޮންމެ ފަދަ ރޯލެއްވެސް ކުޅަދާނަކަމާއެކު ދައްކައިލުމުގެ ހުނަރު އޭނާގެ ހުރެ އެވެ. ދިބަކާރް ބެނާޖީގެ ފިލްމަކުން އިންޑަސްޓްރީއަށް ނުކުތް މި ތަރި، ވަނީ ފާއިތުވި 11 އަހަރު ތެރޭގައި ބްލޮކްބަސްޓަރ ގެ ގިނަ ހިޓްތަކެއް ނެރެފައެވެ.

''ސްޓީ''ގެ ތަރި އޭނާގެ ކާމިޔާބު 11 އަހަރު ފާހަގަކޮށް، މިހާތަނަށް އޭނާ ކުޅެފައިވާ ރޯލްތަކުގެ ހަނދާން ވެސް އާ ކޮށްފައިވެއެވެ.

އިންސްޓަގްރާމްގައި އޭނާ މިހާތަނަށް ކުޅެފައިވާ ހުރިހާ ފިލްމަކުން ފެނިގެންދާ ރޯލްތަކުގެ ތަންތަންކޮޅު ހިމަނައި އެކުލަވާލާފައިވާ ވީޑިއޯއެއް ހިއްސާކޮށް، ފޭނުންގެ ސަޕޯޓް އަދި ލޯތްބާއި ނުލައި މިހާ ހިސާބަށް ނާދެވޭނެކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ބުރަކޮށް މަސައްކަތްކުރާނެކަމަށާއި، މުނިފޫހިފިލުވައިދިނުމުގައި ދެމިހުންނާނެކަމުގައި ބުނެފައިވެއެވެ.