ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށް ވެލިގާ ހާޑްވެއާ އަދި ބްލަންކް ފިހާރަތަކުން ރޯދަ ސޭލް ފަށައިފި އެވެ.

ވެލިގާ ހާޑްވެއާ އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައާއި ބްލަންކްގެ ފިހާރަތަކުން މިއަދުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމަޔަށް 30 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން މުއްދަތުގައި ކުރާ ކޮންމެ 100 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު, އިތުރަށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ ކމަަށްވެސް ވެލިގާއިނެ ބުނެއެވެ.

އެހެން އަހަރު ތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ރޭވިފައިވަނީ އޮންލައިން ކޫޕަން ސިސްޓަމެއް ބޭނުން ކޮށްގެން ކަމުން ވިޔަފާރި ކުރާއިރު ކަސްޓަމަރުގެ ފޯނު ނަންބަރު ދިނުމުން ޕްރޮމޯޝަންގައި އެފަރާތަށް ބައިވެރި ވެވޭނެ އެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވެވިފައި ވާކަން އެންގުމުގެ ގޮތުން ކަސްޓަމަރަށް މެސެޖެއް ފޮނުވާނެ ކަމަށާއި މި މެސެޖުގައި ވާ ލިންކަށް ފިތާލުމުން ކަސްޓަމަރުންނަށް ލިބިފައިވާ ކޫޕަންގެ ތަފުސީލު ފެނިގެންދާނެ ކަމަށްވެސް ވެލިގާއިން ބުނެއެވެ.

ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހުށަހެޅިފައިވާ ވާއިރު, މުޅި ޕްރޮމޯޝަނުން އެއް ވަނައަށް ހޮވޭ ފަރާތަކަށް 50,000 ރުފިޔާގެ ވައުޗަރެއް, ދެ ވަނައަށް 30,000 ރުފިޔާގެ ވައުޗަރެއް އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 20,000 ރުފިޔާގެ ވައުޗަރެއް ލިބޭނެ އެވެ. މިފަރާތްތަކަށް ވައުޗަރު ބޭނުން ކޮށްގެން ވައުޗާގެ އަދަދަށް ވެލިގާ ގެ ފިހާރަތަކުން ވިޔަފާރި ކުރެވޭނެ ކަމަށްވެސް ވެލިގާއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުންވެސް އިތުރަށް ހޮވޭ ނަސީބުވެރި 10 ފަރާތަކަށް އަގުހުރި އިތުރު އިނާމުތަކެއް ލިބިގެންދާއިރު މި އިނާމުތަކުގެ ތެރޭގައި ޓީވީ, ކޮފީ މެޝިން, ލެޕްޓޮޕް, ޕަވާ ޓޫލް ކިޓް އަދި ހޯމްޑެކޯ ޕެކް ހިމެނެއެވެ.