މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަނުގެ މެންބަރެއްގެ ދައުރު ހަމަވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ނަން ރައީސް އޮފީހުން ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. ލިސްޓް ފޮނު ވާނީ ރައީސް އިސްކަން ދެއްވާ ތަރުތީބުންނެވެ. އަދި އެ ނަންތައް މަޖިލީހުން ދިރާސާ ކުރުމަށްފަހު އެ މަގާމަށް މީހަކު އައްޔަނު ކުރަން ތަޅުމުގައި ވޯޓަށް އަހާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު