ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ދެވަނަ ޑޯޒު ޖެހުމަށް ތައްޔާރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް އިލްތިމާސްކުރައްވައިފި އެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، އުންމީދު ކުރަނީ ވީހާ ވެސް އަވަހަކަށް މި ހާލަތުން އަރައިގަނެ އެންމެ އެއްތަނެއްގައި އެކީގައި ވާހަކަ ދައްކާލެވޭ ގޮތަކަށް ދިރިއުޅުމުގެ ހާލަތު ބަދަލުވުން ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ މި ހާލަތުން އަރައިގަތުމަށް، ސިޔާސީ ހިޔާލު ތަފާތުވުން ތަކާއެކު ނަމަވެސް މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވި އެވެ.
"މިވަގުތު ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ވެކްސިން ޖެހުން. ހުރިހާ ބޭފުޅުން ވެސް އަޅުގަނޑުމެންގެ ހެލްތު ސެކްޓަރުގެ މާހިރުންގެ ލަފަޔާ އެއް ގޮތަށް ވެކްސިން ވީހާ ވެސް އަވަހަކަށް ޖައްސަވާ ދެވަނަ ޑޯޒު ފުރިހަމަ ކުރެއްވުމަށް ތައްޔާރުވެ ވަޑައިގަންނަވާށޭ،" ރައީސް ވިދާޅުވި އެވެ.
ގިނަ ބަޔަކު ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކުރުމުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ލިބިގެން ދާނެކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު