ފުލެޓު ކޮމެޓީން ކުރެއްވީ އިހުލާސްތެރި އަދި ބުރަ މަސައްކަތެއް ކަމަށާއި އެ ކޮމެޓީއަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ފުލެޓްގެ ކަންކަން ބެލުމަށް ވަރަށް ރަނގަޅު ކޮމެޓީއެއް އެކުލަވާލި ކަމަށާއި ނަމަވެސް އެ މަސައްކަތް ބުރަވުމުގެ ސަބަބުން ބައެއް ބޭފުޅުން އެ ކޮމިޓީގެ މަސައްކަތްތަކުން އެއްފަރާތްވި ކަމަށެވެ.
"ފްލެޓް ކޮމެޓީއޭ އަޅުގަނޑުމެން މިކިޔާ ކޮމެޓީން އެ ކުރެއްވީ ވަރަށް ބުރަ އިހަލާސްތެރި ތެދުވެރި މަސައްކަތެއް. އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް އެ ކޮމެޓީން ކުރެއްވި މަސައްކަތާ ދޭތެރޭގައި،" ރައީސް ވިދާޅުވި އެވެ.
ފްލެޓް ކޮމެޓީގެ މަސައްކަތަށް ފުރިހަމަ އިތުބާރު އޮތް ނަމަވެސް އެ ފަރާތްތަކުގެ އަތް ދަށުން ކަމެއް ގޮސްފައި އޮވެދާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ދެމަފިރިންގެ ތެރެއިން ދެ މީހުނަށް ފުލެޓް ލިބިފައި ހުރެދާނެ ކަމަށާއި އެހެންވެއްޖެނަމަ އެތަނުން އެކެއްގެ ފުލެޓް އުނިކުރާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ އެ ބަދަލު ގެންނަންޖެހޭ ތަނަކަށް އެ ބަދަލު ގެންނާނެ. އަޅުގަނޑަށް ވެސް ހީވަނީ ހައުސިން މިނިސްޓަރު ވެސް ވިދާޅެއް ނުވާނެ އެބަދަލު ނުގެންނާނެމެކޭ އެއް. އެހެންވީމަ އެގޮތަށް ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނަން،" ރައީސް ވިދާޅުވި އެވެ.
ފްލެޓް ކޮމެޓީގެ މަސައްކަތްތަކަށް ރައީސް ތައުރީފު ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފްލެޓް ކޮމެޓީން ކުރި މަސައްކަތްތަކާމެދު ސުވާލު އުފައްދަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ފުލެޓް ކޮމިޓީއަށް ނުނެރެވޭނެ ކަމަށާއި އަދި އެއީ އެ ކޮމެޓީގެ މެންޑޭޓުގައި އޮތް ކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު