ލ. ފޮނަދޫން 450 ޓަނުގެ ކުނި ނަގައި ސާފު ކޮށްފި އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝާން (ވެމްކޯ) އިން ބުނީ ރަށްރަށުން ކުނި ނަގައި ސާފު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ފޮނަދޫން 450 ޓަނުގެ ކުނި ވެމްކޯގެ ޓީމުން ނަގާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގިނަ ރަށްތަކެއްގެ ކުނިގޮނޑާއި ކުނި އަޅާފައިވާ ސަރަހައްދުތަކެއް ވެމްކޯ އިން އަންނަނީ ސާފު ކުރަމުންނެވެ.

ވެމްކޯ އިން ބުނީ މި މަޝްރޫއުގެ ދަށުން ގިނަ ރަށްތަކުގެ 85 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.