ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ މާދާރަ ހަނދާނީ ފިލާ ކ. ދިއްފުށީ ކައުންސިލާއި ދ އަތޮޅު ކައުންސިލަށް ލިބިއްޖެއެވެ.
މާދަރަ ހަނދާނީ ފިލައަކީ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ސެކިއުރިޓީ އިންޑެކްސްގެ ބައިން އެންމެ މަތީ ދަރަޖަ ހާސިލްކޮށްފައިވާ ކައުންސިލްތަކަށް ދޭ ހަނދާނީ ފިލައެކެވެ. އެގޮތުން ސެކިއުރިޓީ އިންޑެކްސްގެ ބައިން އެއްވަނަ ރަށު ކައުންސިލަކީ ދިއްފުށީ ކައުންސިލެވެ. އެންމެ ރަނގަޅު އަތޮޅު ކައުންސިލަކީ ދ. އަތޮޅު ކައުންސިލެވެ.
ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް އަޒީމް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސެކިއުރިޓީ އިންޑެކްސްއިން އެންމެ ރަނގަޅު ކައުންސިލަކަށް އެރަށުގެ ކައުންސިލްވުމަކީ ގިނަ ބައެއްގެ ބުރަ މަސައްކަތް ކަމަށެވެ. ހާއްސަކޮށް އިދާރީ މުވައްޒަފުންގެ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ ހަގީގަތުގައި ވަރަށް ބޮޑު ކާމިޔާބީއެއް. ރަށުގެ ރައްޔިތުން ފަހުރުވެރިވާން ޖެހޭ ފަދަ ކާމިޔާބީއެއް. މިއީ އިދާރީ މުވައްޒަފުންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް" އަޒީމް ވިދާޅުވިއެވެ.
ދ. އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މޫސާ ހުސައިން "ވަން" އަށް ވިދާޅުވީ، ކައުންސިލްގެ މި ދައުރުގައި ރައްޔިތުންގެ ލާބައަށް ގިނަ ކަންކަން ކޮށްދީފައިވާ ކަމަށެވެ. ހާއްސަކޮށް ރައްޔިތުންނަށް ފަސޭހަވާނެ އެތައް ކަމެއް އަތޮޅު ކައުންސިލުން ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު