ކޮވިޑް-19ގެ ޓެސްޓް ކިޓުތަކެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.

ކޮވިޑް ޓެސްޓް ކިޓުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަން އެ ތަނުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި، އޭސީސީއަށް ހުށަހަޅާފައިވަނީ މެޑިކުއިޕް ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ސަރުކާރު ހިއްސާވާ ކުންފުންޏަކުން ރާއްޖެ ގެނައި ޓެސްޓް ކިޓް ތަކާއި ގުޅޭ މައްސަލައެކެވެ.

އާބާދީގެ ނިސްބަތުން ޓެސްޓު ކުރެވޭ އަދަދު ރާއްޖޭގައި ގިނަވީމަ ޓެސްޓު ކިޓު އިތުރަށް ލިބުމަށް އުނދަގޫވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެނެމް ފުރަތަމަ ކޮވިޑް-19 ގެ ބަލި މީހަކު ރާއްޖެ އިން ފެނުނުއިރު މި ބައްޔަށް ރާއްޖޭގައި ޓެސްޓެއް ނުކުރެވެ އެވެ. ސާމްޕަލް ނެގުމަށްފަހު ފޮނުވަން ޖެހެނީ އަވައްޓެރި އިންޑިއާ އަށެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ ވަނީ ހަތަރު ހާހާއި ހަ ހާއި ދެމެދަށް ކުރިއަށް ޖައްސާލާފަ އެވެ. އެއީ ދުވާލެއްގެ މައްޗަށް ރާއްޖޭގައި ޓެސްޓް ކުރެވޭނެ އަދަދެވެ.