ސައުދީގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ގިނަ ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފިއެެވެ.
ސައުދީން ވަނީ މަސްދުވަހަށްފަހު އެގައުމުގެ ރެސްޓޯރެންޓް ތަކާއި ޝޮޕިން ސެންޓަރުތަކުގެ އިތުރުން ޖިމްތައް އަލުން ހުޅުވުމަށް ނިންމާފައެވެ.
ސައުދީގެ އިންޓީރިއާ މިނިސްޓްރީން ވަނީ މިއަދުން ފެށިގެން އެގައުމުގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދޭނެ ކަމަށް އިއުލާން ކޮށްފައެވެ.
ލުއިތަކެއް ދިން ނަމަވެސް ސައުދީން ވަނީ ހާއްސަ ގައިޑްލައިންތަކެއް ކަނޑައަޅައި އަމަލުކުރަން ޖެހޭ ގޮތަށް ގަވާއިދު ހަދާފައެވެ. އެގޮތުން 20 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައި ވެއެވެ.
ސައުދީން މިހާތަނަށް 379،000 އަށް ވުރެން ގިނަ ކޭސް ރެކޯޑްކޮށްފައިވާއިރު އެގައުމުން ބަލިޖެހިގެން 6519 މީހުން މަރުވެފައި ވެސް ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ