ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީ ޕްލޭން ޕައިލެޓުން ކުރަމުން އައި އިހުތިޖާޖު ހުއްޓާލައިފިއެވެ.

މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުން މަސައްކަތަށް ނުކުތުން ހުއްޓާލައި އިހުތިޖާޖު ކުރީ، އެތަނުގެ ޗީޕް ޕައިލެޓް ކެޕްޓަން މަންސޫރު ކުއްލިގޮތަކަށް ޑިރެކްޓަރު އޮފް ފްލައިޓް އޮޕަރޭޝަންގެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މޯލްޑިވިއަންއިން މިއަދު ބުނީ، އިހުތިޖާޖަށް ފަހު މެނޭޖްމަންޓާ ބައެއް ކަންކަން ހިއްސާކުރުމަށް ފަހު ޕައިލެޓުން އެނބުރި މަސައްކަތަށް ނުކުމެފައިވާ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވިއަންއިން ބުނީ، އިހުތިޖާޖުގެ ބައިވެރިންގެ ކަންބޮޑުވުންތަކުގެ އަޑު އެ އެއާލައިންގެ މެނޭޖުމަންޓުން އަހާފައިވާ ކަމަށާއި އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން މެނޭޖްމަންޓުގެ ފަރާތުން ޕައިލެޓުންނަށް އަރުވާފައިވާ ކަމަށެވެ.