އައްޑޫ ސިޓީއަށް ގެންނަ އަސްތައް އެސްޓީއޯގެ ބޯޓަށް އަރުވައިފިއެވެ.
މި އަސްތައް އައްޑޫ ސިޓީއަށް ގެނައުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) މެދުވެރިކޮށެވެ. މިއީ އެ ބޯޓުގައި ދިރޭ ޖަނަވާރުތަކެއް އުފުލާ ފުރަތަމަ ފަހަރެވެ.
އައްޑުއަށް އަސްތަކެއް ގެންނަން އުޅޭކަން ފުރަތަމަ ތިލަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އައްޑޫ އަށް ޒުވާނަކު ފަސް އަސް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައްޑޫ ސިޓީއަށް ފަސް އަސް ގެނައުމަށް އެގްރިކަލްޗާ މިނިސްޓްރީން ހުއްދަ ދިނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އައްޑޫއަށް އަސްތަކެއް ގެންނައިރު މިއީ ރާއްޖޭގައި މީހުން އާބާދުވެ އުޅޭ ރަށަކަށް އަސްތަކެއް މިގޮތަށް ގެންނަ ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު