ލަންކާގައި ކޮވިޑް ޖެހި މަރުވާ މީހުން ވަޅުލުމަށް ހަމަޖެއްސި ރަށުގެ މީހުން އެކަމާ ދެކޮޅަށް މުޒާހަރާ ފަށައިފިއެވެ.
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ތެރެއިން ވަޅުލާ މީހުން ވަޅުލުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ އެގައުމުގެ ހުޅަނގު އުތުރުގައި ވަކިން އޮންނަ އިރަނައިތިވު އައިލެންޑުގައެވެ.
އިއްޔެ އެގައުމުގެ ކެބިނެޓުގެ ތަރުޖަމާނު ކެހެލިޔާ ރަމްބުކްވެއްލާ ވަނީ އެގައުމުގެ ހެލްތު މިނިސްޓްރީގެ ޓެކްނިކަލް ކޮމިޓީން އެރަށުގެ ވަކި ސަރަހައްދެއް ކޮވިޑް ޖެހި މަރުވާ މީހުންނަށް ހަމަޖައްސާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.
ލަންކާ ސަރުކާރުގެ ނިންމުމާ ދެކޮޅަށް އިރަނައިތިވު އައިލެންޑުގެ އާންމުން ވަނީ ތެދުވެފައެވެ. އެރަށުގެ އާންމުން އެކަމާ ދެކޮޅަށް މުޒަހަރާ ފަށާފައިވާއިރު ސަރުކާރުން ނިންމުން ބަދަލު ކުރުމަށް ދަނީ ގޮވާލަމުންނެވެ.
ކޮވިޑްޖެހިގެން މަރުވާ މީހުންގެ ތެރެއިން އިރަނައިތިވު އައިލެންޑުގައި ވަޅުލާ މީހުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި އެގައުމުގެ އާމީއިން ވަނީ މީހުން ވަޅުލުމަށް ވަޅުވެސް ކޮނެފައެވެ. ނަމަވެސް އެރަށުގެ އާންމުން ނިކުމެ ވަނީ އެވަޅުތައް ބަންދުކޮށްފައި ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ތެރެއިން މުސްލިމުން އަންދާ މައްސަލައިގައި އެގައުމުގެ ސަރުކާރަށް ފާޑުކިޔުން އަމާޒުވުމާއެކު އެގައުމުން ވަނީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ