ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގާނޫނީ މެންބަރުކަމުގެ މަގާމަށް ހަދީޖާ ނައީމް، (މ.ރަންވަރަ) އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް މީހަކު އައްޔަންކުރެއްވުމަށްޓަކައި، އާއްމުކޮށް އިއުލާނު ކުރުމުން، އެކަމަށް އިޖާބަ ދީފައި ވަނީ، ހަތަރު ބޭފުޅުން ކަމަށްވާތީ އެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، އެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިގެން އެ ނަންތައް ވަނީ ދިރާސާ ކޮށްފައެވެ.

އެދިރާސާއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ކޮމިޓީން ފޮނުވި ރިޕޯޓުގައި ވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ގާނޫނީ މެންބަރުކަމުގެ މަގާމަށް ހަދީޖާ ނައީމް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ.

އެހެންކަމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ހަދީޖާ ނައީމު އައްޔަންކުރަން ފެނޭތޯ މަޖިލިސް ތަޅުމުގައި ނެގި ވޯޓުގައި އޭނާ އެމަގާމަށް އައްޔަން ކުރަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ހައްވާ އަނޫސާ، މަލަކު ފ. ނިލަންދޫ

ހަދީޖާ ނައީމް މ.ރަންވަރަ

މަރިޔަމް ތޫލާ ރިލްވާން މ.ފްލެމިންގޯ

ހަދީޖާ ސައީދު ޑިއަރެސްޓް ސ. ފޭދޫ