ގައުމީ އެއާލައިން މޯލިޑިވިއަން މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކުން ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ގަނެގެން އިތުރު ޓިކެޓެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ އެއް ވަނަ ދުވަހުން 27ގެ ނިޔަލަށް ކަމަށް މޯލިޑިވިއަން އިން ވަނީ ބުނެފަ އެވެ.
އެގޮތުން ގުރުއަތުލައިގެން ކޮންމެ ހަފްތާއަކު ނަސީބުވެރިޔަކު ހޮވުމަށް ހަމަޖެހިފައިވާއިރު ހިލޭ ލިބޭ ޓިކެޓުގައި ދަތުރު ކުރެވޭނީ، މޯލްޑިވިއަން އިން ރާއްޖޭގެ އެތެރޭގައި ދަތުރުކުރާ މަންޒިލްތަކުން އެ ފަރަތާށް ބޭނުންވާ ތަނަކަށެވެ. އަދި ޓިކެޓް ލިބޭ ހަތަރު ފަރާތުން މި އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އެ ފުރުސަތުގެ ބޭނުން ހިފުމަށް މޯލްޑިވިއަން އިން ވަނީ އެދިފަ އެވެ.
މޯލްޑިވިއަން އިން ބުނީ، އެ ފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ އޮންލައިންކޮށް މީހުން ޓިކެޓް ނެގުމަށް ބާރު އެޅުން ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ބުކިން ހެދުމުގެ އިތުރުން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ތާރީހު ބަދަލުކޮށް ޗެކިން ވެސް ވެވޭނެ ކަމަށެވެ. އަދި މޯލްޑިވިއަންގެ އޮފީހަކަށް ވަޑައިނުގަތް ފަސޭހަކަމާ އެކު ހުރިހާ ކަމެއް ވެސް އޮންލައިން ކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ގައުމީ އެއާލައިނުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު