ޔޫކޭގައި ފުރަތަމަ ފަހަރަށް "މޫން ފްލާވާ" އެއް ފޮޅިއްޖެއެވެ.

ކެމްބްރިޖް ޔުނިވާސިޓީގެ ބޮޓަނިކް ގާޑެންގައި ފޮޅިފައިވާ އެ "މޫން ފްލާވާ" ފޮޅުނު މަންޒަރު ގިނަ ބަޔަކަށް ދެއްކުމަށް އެ ޔުނިވާސިޓީން ވަނީ ވެބްކެމް މެދުވެރިކޮށް މަންޒަރު ދުރަށް ދައްކާފައެވެ.

އެމޭޒަން ސަރަހައްދުން ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ "މޫން ފްލާވާ" އަކީ އާންމު ގޮތެއްގައި ހަނދުވަރުގެ އަލިކަން ހުންނަ ގަޑީގައި ފޮޅޭ މަލެއްކަމަށް ކެމްބްރިޖް ޔުނިވަސިޓީން ބުނެފައި ވެއެވެ.

ޔޫކޭގައި ފޮޅުނު "މޫން ފްލާވާ" ފޮޅިފައި ވަނީ ދުވާލު ގަޑީގައެވެ. ޔުނިވަސިޓީގެ ޓީމުން ވަނީ އެއީ އަދި މިހާތަނަށް ސަބަބު ހޯދިފައި ނުވާ އާ ކަމެއްގެ ގޮތުގައިވެސް ފާހަގަ ކޮށްފައެވެ.

https://www.youtube.com/watch?v=Lrztot0XQEg