ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހާން ވިހައިފިއެވެ.
ކަރީނާ ވިހާފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު މުމްބާއީގެ ބްރިޖް ކެންޑީ ހޮސްޕިޓަލުގައެވެ. މިފަހަރުވެސް ކަރީނާ ވިހާފައިވަނީ ފިރިހެން ކުއްޖެއްކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.
ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ އެ ދެމަފިރިންނަށް އެންމެ ފުރަތަމަ ދަރިޔަކު ލިބިފައިވަނީ 2016 ވަނަ އަހަރުގައެވެ. އަލަތު ދަރިފުޅު ތައިމޫރު އަލީ ހާން ވެފައިވަނީ ބޮލީވުޑް ސެލެބްރިޓީއަކަށެވެ. ޓައިމޫރްގެ ހުރިހާ ހަރަކާތެއް ގިނަ ބަޔަކު އަންނަނީ ފޮލޯކުރަމުންނެވެ.
ދެވަނަ ދަރިފުޅަކަށް ކަރީނާ ބަލިވެ އިން އިރު، ކަރީނާ އާއި ފިރިމީހާ ސައިފް އަލީ ހާން އަދި އެ ދެމަފިރީންގެ ދަރިފުޅު ޓައިމޫރު ވަނީ ދާދި ފަހުން އާ ގެޔަކަށް ބަދަލުވެފައެވެ. ޖާގަ ތަނަވަސް އެ ގޭގައި ބޮޑު ޓެރަހެއްގެ އިތުރުން ސްވިމިންޕޫލެއް ވެސް އޮންނާނެ ކަމަށް ކަރީނާގެ އިންޓީރިއާ ޑިޒައިނަރު ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ