ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ކަނޑުދަތުރުތައް ފެށިދާނެ ކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ވިދާޅުވެއްޖެ އެވެ.
ޝައިހް ހަސީނާ އެގޮތަށް ވިދާޅުވީ، އެކަމަނާގެ އަރިހަށް ރާއްޖެއިން ބަންގްލަދޭޝް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިރުޒިމަތު ސަމީރު ކުރެއްވި އިހްތިރާމުގެ ޒިޔާރަތެއްގައި ދެއްކެވި ވާހަކަފުޅެއްގަ އެވެ.
ޝައިހް ހަސީނާ ވިދާޅުވީ، ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ކަނޑުދަތުރުތައް އަންނަ ފިނިމޫސުމުގެ ތެރޭގައި ފެށިދާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.
މީގެ ކުރިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އަބްދުލް ކަލާމް އަބްދުލް މޮމެން ވެސް ވަނީ ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ޝިޕިން ލިންކްއަކުން ގުޅާލުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ.
ޑރ. މޮމެން އެ ޝައުގުވެރިކަން ފާޅުކުރެއްވީ ރާއްޖެއިން އެގައުމަށް ކަނޑައެޅުއްވި ސަފީރު އައިޝަތު ޝާން ޝާކިރާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭއްވި ބައްދަލު ކުރެއްވުމެއްގަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ޑރ. މޮމެން ވަނީ ބަންގްލަދޭޝް އިން ރާއްޖެއަށް ހިލަވެލި އެތެރެ ކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު